ތުރުކީއަށް މިއަދުވެސް ބިންހެލުމެއް އައިސްފައިވާކަމުގައި އަފާޑުން ބުނެފިއެވެ.
ތުރްކިޝް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (އަފާޑް) އިން ބުނެފައިވާގޮތުގައި މިއަދު ބިންހެލުމެއް އައިސްފައިވަނީ ތުރުކީގެ ނީޑޭ ޕްރޮވިންސަށެވެ. މި ޕްރޮވިންސަށް އައި ބިންހެލުމަކ ރެކްޓަރ މިންގަނޑުން 5.3ގެ ބިންހެލުމެއްކަމުގައި ބުނެފައިވެއެވެ.
ނީޑޭ ޕްރޮވިންސްގެ ބޯރް ޑިސްޓްރިކްޓަށް މި ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން ބަލާނަމަ މިއަދު މެންދުރުން އަނބުރާ 3:27 ހާއިރުގައެވެ. މި ބިންހެލުމާއި ގުޅިގެން މީހަކު މަރުވިކަން ނުވަތަ އަނިޔާއެއް ލިބުނުކަން އަދި ރިޕޯޓްކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
މިއަދުވެސް ބިންހެލުމެއް އައިސްފައިވާއިރު މި މަހުގެ ހަ ވަނަ ދުވަހު އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުމުން އަރައިގަތުމަށް އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
އެ ބިންހެލުމުގައި ތުރުކީ އާއި ސުރިޔާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބައި ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް