އަންސު ފަޓީއަށް އަނިޔާވެ ކުޅުމާއި ދުރަށް

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސު ފަޓީ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އަންސު ފަޓީއަށް އަނިޔާވެފައިވަނީ ބާސެލޯނާއާއި އެކު އެންމެ ފ...

25 Feb 2023 | 12:16

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސު ފަޓީ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އަންސު ފަޓީއަށް އަނިޔާވެފައިވަނީ ބާސެލޯނާއާއި އެކު އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި އޭނާގެ ވާތު ކަކުލަށެވެ.

އަންސު ފަޓީއަށް ލިބުނު އަނިޔާއާއި ގުޅިގެން ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބާސާއާއި އެކު އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ޒުވާ ފޯވާޑް އަންސު ފަޓީއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަ ޖެހިފައިވާ ކަމަށާއި އަންސު ފަޓީއަށް އަނިޔާވީ އޭނާގެ ވާތު ފައިގެ ކަކުލަށް ކަމަށެވެ. ނަމަވެސް މި އަނިޔާ އެހާ ސީރިއަ ނޫން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި ހަފްތާ ބަންދުގައި ސްޕެނިޝް ލީގުގައި އަލްމެއިރާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައި އަންސު ފަޓީ ނުކުޅޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަންސު ފަޓީ އަކީ ބާސާގައި މިވަގުުތު ހުރި ޒުވާން އެންމެ އިތުބާރު ފޯވާޑަށް ވުމުން އޭނާ ނެތުމުން އެކަމުގެ އަސަރު ކުލަބަށް ފޯރާނެ ކަމަށް ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ބުނެފައެވެ.

2019 ވަނަ އހަރު ބާސާގެ ސީނިއަރ ޓީމާއި ގުޅުނު އަންސު ފަޓީ ވަނީ މިހާތަނަށް ބާސާއަށް ކުޅެދިން 92 މެޗުގައި 25 ގޯލު ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް