ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމުގެ އިންޒާރު ދީފި އެވެ.
މި ވޯޓު ނަގާނެ ކަމުގެ އިންޒާރު ދިނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ، ރަައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން ފަށާނެ ކަމަށެވެ.
އަލީ އާޒިމްގެ އެ ޓްވީޓަށް ބާރުދީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެގޮތަށް މަޖިލިސް ރައީސް ވަކިކުރަން ނުކެރޭނެ ކަމަށެވެ.
https://twitter.com/aliaazim/status/1629388588625408003
އާޒިމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް