އަދާލަތު ޕާޓީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އަދާލަތު ޕާޓީން "ހޭރިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ފަރާތްތަކުން ކްރޮސް ރޯޑްސްގައި ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނިންގެ ލަނޑުދަނޑިތައް ހާސިލްކ...

25 Feb 2023 | 11:36

އަދާލަތު ޕާޓީން "ހޭރިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ފަރާތްތަކުން ކްރޮސް ރޯޑްސްގައި ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނިންގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ކްރޮސް ރޯޑްސް ގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅުމެވެ.

ހޭރިޔާގެ ނަމުގައި މީގެކުރިންވެސް އަދާލަތު ޕާޓީން ވަނީ ހުޅުލެ އައިލޭންޑް ހޮޓެލްގައާއި ރ. އަތޮޅު ކިނޮޅަހުގައި ދެ ބައްދަލުވުމެއް ބާއްވާފައެވެ.

އަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރުމަށް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް