ޖަޕާނުގައި ހިނގަމުންދާ ޖޮއިންޓް ޓްރެއިނިންގައި އިންޑިއާ ސިފައިންނާއި ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސަސްގެ ސިފައިން ވަނީ ސަބް ކޮންވެންޝަނަލް އޮޕަރޭޝަންތަކާއި ހަތިޔާރު ނެތް ހަނގުރާމަވެރި އުކުޅުތަކުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އިންޑިއާ އާއި ޖަޕާނުގެ ޖޮއިންޓް ޓްރެއިނިން އެކްސަސައިޒް "ދަރްމާ ގާޑިއަން" ޖަޕާނުގެ ޝިގާ ޕްރޮވިންސްގެ ކޭމްޕް އިމާޒޫގައި ފެބްރުއަރީ 17 އިން މާޗް 2 އަށް ކުރިއަށް އެބަދެއެވެ.
މިކަމާބެހޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކްސަސައިޒް "ދަރުމާ ގާޑިއަން" ގެ ސަބަބުން އިންޑިއާ ސިފައިންނާއި ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސަސްގެ ޑިފެންސް ކޯޕަރޭޝަންގެ ފެންވަރު އިތުރަށް ރަގަނޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އިންޑިއާ-ޖަޕާން ޖޮއިންޓް ޓްރެއިނިން އެކްސަސައިޒްގެ ދާއިރާގައި ހިމެނެނީ ޖަންގަލީގެ އޮޕަރޭޝަންތަކާއި ސެމީ އާބަން/އާބަން ޓެރެއިންގައި ހިންގާ އޮޕަރޭޝަންތަކާ ބެހޭ ގޮތުން ޕްލެޓޫން ފެންވަރުގެ ޖޮއިންޓް ޓްރެއިނިން އެވެ.
ޖޮއިންޓް ޓްރެއިނިން އެކްސަސައިޒްގައި އިންޑިއާ ސިފައިންގެ ގަރްހުވާލް ރައިފަލްސް ރެޖިމެންޓާއި ޖަޕާން ގްރައުންޑް ސެލްފް ޑިފެންސް ފޯސް (ޖޭޖީއެސްޑީއެފް) ގެ މެދު ސިފައިންގެ އިންފެންޓްރީ ރެޖިމެންޓެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ. ޖޮއިންޓް އެކްސަސައިޒްގައި ދެ ގައުމުގެ ލަޝްކަރުތަކުން ދަނީ ޕްލޭނިން އާއި އެގްޒެކެޝަންގައި އިންޓައޮޕަރޭބިލިޓީ ވަރުގަދަ ކުރުމަށް އޮޕަރޭޝަންތަކުގެ ތެރެއިން ލިބުނު ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް