މެލޭސިޔާގައި އޭޓީއެމްއެއް ގޮއްވާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

މެލޭސިޔާގައި އޭޓީއެމްއެއް ގޮއްވާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފިއެވެ. މި ވައްކަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި މެލޭސިޔާގެ ސެލަންގޯރް ސަރަހައްދުގައެވެ. މެލޭސިޔާގ...

25 Feb 2023 | 06:56

މެލޭސިޔާގައި އޭޓީއެމްއެއް ގޮއްވާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފިއެވެ.

މި ވައްކަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި މެލޭސިޔާގެ ސެލަންގޯރް ސަރަހައްދުގައެވެ.

މެލޭސިޔާގެ ސާހް އާލަމް ޕޮލިހުން ބުނެފައިވާގޮތުގައި ޝައްކު ކުރެވޭ ތިން މީހަކު މާސްކު އަޅައިގެން އޭޓީއެމް ސްޓޭޝަނަށް ވަދެ ކެމެރާތަކަށް ކަޅު ސްޕްރޭ ކުރާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެއެވެ.

ލިބުނު ރިޕޯޓަކާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދެ އޭޓީއެމްއެއް ގޮއްވާލާފައިވެއެވެ. އެހެންނަމަވެސް ކާމިޔާބު ކަމާއެކު ވަގުންނަށް ފައިސާ ނެގުނީ އެއް އޭޓީއެމްއިންނެވެ. އެ އޭޓީއެމް އިން 349،000 މެލޭސިޔަން ރިންގިޓް ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ.

ޝައްކު ކުރެވޭ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އެ ތިން މީހުނ ދުއްވި ކާރު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް