އީމެއިލް އާއި ޕާސްވޯޑު އިންޓަނެޓްގައި ލީކުވެފައިވޭތޯ ބެލޭނެ ފަސޭގޮތެއް ފުލުހުން ބުނެދީފައި އެވެ.
މި ސައިޓަކީ އިންޓަނެޓާއި އަހުލުވެރި ޓެކްނޮލޮޖީ ދަންނަ ފަރާތްތަކަށް އާ ސައިޓަކަށް ނުވިޔަސް އާންމު ފަރާތްތަކަށް މުހިންމު މައުލޫމާތެކެވެ. ފުލުހުން ބުނީ އެ ސައިޓު މެދުވެރިކޮށް އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ ބަލާލެވޭނެ ކަމަށެވެ.
އެ އެޑްރެހަކީ https://haveibeenpwned.com އެވެ.
މިފަދަ ލިންކެއް ހިއްސާކޮށްފައި މިވަނީ މިފަހަކަށް އައިސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ނޭނގި އެތައް މުއާމަލާތެއް ކޮށް އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އިތުރުވެފައިވަނިކޮށެވެ.
މި މައްސަލައިގަ ފުލުހުން ބުނީ އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ. ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގައި ލޮގްއިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައިހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައި ވެއެވެ.
އެގޮތުން އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިންގ) ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް