ފެންނަމުންދާ މަންޒަރަކީ ޑިމޮކްރަސީ ހިފައިގެން ދުވި މީހާ ޕާޓީ ފުނޑާލަން އުޅޭ މަންޒަރު ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވީ ޑިމޮކްރަސީ ހިފައިގެން ދުވި މީހުންގެ ކިބައިގާ ބަލި ގަބޫލުކުރުމުގެ ހިތްވަރުނެތި، މުޅި ޕާޓީ ފުނޑާލަން ގަސްތުކޮށް ޚުދުމުހުތާރުވެ އެމްޑީޕީގެ ރައީސްކަމުގައިހުރެ އެމްޑީޕީއާއި ކުރާނެ މަޝްވަރާއެއް ނެތޭ ބުނުމުން ސުވާލެއް ކޮށްލަން ބޭނުން ކަމަށެވެ.
"އަހާލަން ބޭނުމީ ތީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ؟ ތި ގެންގުޅެނީ!" ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ސަނީފް ވިދާޅުވިއެވެ.
ސަނީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހް ކާމިޔާބުކުރެއްވީ ރައީސް ނަޝީދާއި ވާދަކުރައްވައިގެންނެވެ. ބަލި ގަބޫލުކުރެއްވިކަމަށް ޒާތަކަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް އަމަލުން އެމަނިކުފާނު އަންނަނީ އެ އިންތިހާބު ސައްހަ ނޫންކަމަށް ދެއްކުމުގެ އެތައް ކަމެއް ކުރަމުންނެވެ. އެތައް ވާހަކަތަކެއް ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް