ތުރުކީއަށް މިމަހުގެ ހަ ވަނަ ދުވަހާއި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އައި ބިން ހެލުމާއި ގުޅޭ ހަަބަރުތައް ގެނެސްދިން ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރު ކުރަން ފަށައިފި އެވެ.
ތުރުކީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށްް 134 މިނިވަން ނޫސްވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެެރެއިން 25 އަށްވުރެ ގިނަ ނޫސްވެރިން ހައްޔަރުކޮށްފައި އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ފްރީލާންސްކޮށް މަސައްކަތް ކުރާ މަޝްހޫރު ތުރުކީގެ ނޫސްވެރިޔާ މިރް އަލީ ކޮސާ ހިމެނެ އެވެ. އޭނާގެ ސޯޝަލް މީޑިއާ ފީޑުތަކުން އެނގޭ ގޮތުގައި ބިން ހެލުން އައިކަން އެނގިގެން އެ ސަރަހައްދުތަކަށް ދިއުމަށް 200 މޭލަށްދަތުރުކޮށްފައިވެ އެވެ. އަދި އޭނާ ވަނީ ބިން ހެލުމުގައި މީހުން އިމާރާތްތަކުގެ ދަށުން ނެރޭ މަންޒަރާއި ހާލުގައި ޖެހިފައިވާ މީހުންގެ އިންޓަވިއުތައް ނަގައި އާންމުކޮށްފައި އެވެ.
މީގެ އިތުރުން އެ ސަރަހައްދުތަކުގެ ހާލަތު ހާމަކޮށް މުޅި ދުނިޔެއަށް ދައްކައިދީފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިރް އަލީއަށް އެ މައުލޫމާތުތަކާއި މަންޒަރުތައް ރިޕޯޓުކޮށްގެން ކުރެވުނު ކުށެއް ފުލުހުން ނުބުނެދޭ ކަމަށެވެ. ހައްޔަރު ކުރަމުން އަންގާފައިވަނީ ރިޕޯޓު ކުރި ގޮތުން ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
ތުރުކީއާ ސީރިއާއަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 50،000 އަށް އަރާފައި އެވެ. އޭގެ ތެރެއިން 46،000 އަށްވުރެ ގިނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް