ޔާމީން ވިދާޅުވި ގޮތަށް ޖޭޕީން ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް: ޝިޔާމް

ޖުމްހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅު...

25 Feb 2023 | 05:46

ޖުމްހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަކީ ނާދިރު ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ މިހާރު ކުރިޔަށްދާ ޖޭޕީގެ ކޮންގްރެސްގައި ރޭ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ގާސިމް ވިދާޅުވީ ސަރުކާރު އެކުލަވާލަންވީމައި ޖޭޕީ ވަރެއް ނޯންނަ ކަމަށާއި އެކަމަކު ވެރިކަމަށް އާދެވުމުން ޖޭޕީއަށް ރަނގަޅު ކަމެއްގައި ކްރެޑިޓް ދޭން ބޭނުން ނުވާ ކަމަށެވެ.

މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާކޮށްދޭ ކަމަށެވެ. އެގޮތަށް ބަލާއިރު ޖޭޕީން ރައީސް ސޯލިހާއި އެކު ކޯލިޝަން ހަދުމަކީ ނާދިރު ކަމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް ދިމާވަމުންދާ ކަމަށެވެ.

ޕީޕީއެމްއިން އުންމީދުކުރީ މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ރިޔާސީ އިންތިހާބަށް އެ ޕާޓީ އާއި އެކު ކޯލިޝަން ހަދާނެ ކަމަށެވެ. އެކަމަކު ދެ ޕާޓީ އާއި މަޝްވަރާ ކުރުމަށް ފަހު އެމްޑީއޭއިން ނިންމީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް