ރޭ ފިހާރައެއްގެ ތެރޭގައި ހުއްޓަ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
މި ހާދިސާ ހިނގީ ރޭ9:30 ހާއިރު އެވެ. އޭނާއަށް ހަމަލާދިނީ މާފަންނު ބީޖީ ގަރާޖު ކައިރި ހުރި ފިހާރައެއްގެ ތެރޭގައި އެވެ.
މި ހާދިސާގައި ޒަހަމްވީ އުމުރުން30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްވި މީހާއަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރަށް ލުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އާންމުވި ސީސީޓީވީ ފުޓޭޖުތަކުން ފެންނަގޮތުގައި ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަދެ އެމީހާގެ ގައިގެ އެތައް މިތަނަށް ވަޅި ހަރާފައިވެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމާއި އެމީހާ އުމުރު ފިޔަވާ ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް