ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ތަރި ރަވީ ފާރޫގު އެހެން ކައިވެންޏެއް ކޮށްފި އެވެ.
މިއީ ރަވީގެ ހަތަރު ވަނަ ކައިވެންޏެވެ. ރަވީ ވަނީ ހަތަރު ވަނަ ކައިވެނި ކުރިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި އެވެ.
ރަވީ ކައިވެނި ކުރީ އިންސްޓަގްރާމް ނަމުން ނަމަ އައިޝަތު ނާމީ ކިޔާ މީހަކާއި އެވެ. ދެމީހުން ކައިވެނި ކުރީ މީގެ ދެ ދުވަސް ކުރިންނެވެ.
އެ ދުވަހުގެ ފޮޓޯތަކާއި ދެމީހުން އެކުގައި ކުރިން ނަގާފައިވާ ފޮޓޯއެއް ރަވީގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވެ އެވެ.
https://www.instagram.com/p/ConD_Qwy2tJ/
ރަވީ އެންމެ ފުރަތަމަ ކައިވެނި ކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒާއި އެވެ. ތިން ވަނަ ކައިވެނި ކުރީ މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ އާއެވެ.
ރިޝްމީއާ ދެމީހުން ވަރިވިކަން ރިޝްމީ ވަނީ ރަސްމީކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ. އަދި ދެމީހުން ވަރިވި ސަބަބާއި ގުޅޭގޮތުން ސުވާލު ނުކުރުމަށް ރިޝްމީ އާންމުންގެ ކިބައިން އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް