ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ އައުޓްލެޓެއްކަމުގައިވާ ޖޫސްޓައިމަށް ގެއްލުންދިން ދެމީހުން ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ އެ ސައިކަލަކީ ހުޅުމާލެ ޖޫސްޓައިމަށް ގެއްލުންދިން މައްސަލައިގާ ތުހުމަތު ކުރެވޭ މީހުން އެވަގުތު ދުއްވި ސައިކަލު ކަމަށެވެ.
ޖޫސްޓައިމަށް ދެމީހަކު ގެއްލުންދިނީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުނުހާއިރުގައެވެ.
ހެލްމެޓު އަޅައިގެން މޫނުވެސް ނިވާކޮށްގެންތިބި ދެމީހަކު ސައިކަލެއްގައި ގޮސް ސައިކަލު ޕާކުކޮށް އެ އައުޓްލެޓުގެ އެތެރެއަށްވަދެ ދެމީހުން ދެ ދަތް މަރުތޭލުން އެ އައުޓްލެޓަށާއި އައުޓްލެޓުގެ ހިފާގެންގުޅޭ ތަކެއްޗާއި ތަނުގެ ސްޓޮކަށް ގެއްލުންދީފައިވެއެވެ. އަދި ދަމުން ދިޔައީ ވަތްގަނޑުގައި ހުރި ފައިސާކޮޅުވެސް ހިފައިގެންނެވެ.
ފުލުހުން ބުނެފައިވަނީ މައްސަލަ ރޭގެ ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާއިރު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް