ރަޝިއާގެ ގައުމީ އެއާލައިނަށް ފިޔަވަޅު އެޅުމުން އިނގިރޭސިވިލާތުގެ ހުރިހާ އެއާލައިނެއް ސަސްޕެންޑުކޮށްފި

އިނގިރޭސިވިލާތަށް ޖައްސަން ދިޔަ ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓްގެ ފްލައިޓެއް ޖެއްސުން މަނާ ކުރުުން އެގައުމުގެ ހުރިހާ އެއާލަނެއް ރަޝިއާއިން ސަސްޕެންޑުކޮށްފި އެވެ. އިނގިރޭސިވިލާތަށް ޖައްސަން ދިޔ...

25 Feb 2022 | 14:26

އިނގިރޭސިވިލާތަށް ޖައްސަން ދިޔަ ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓްގެ ފްލައިޓެއް ޖެއްސުން މަނާ ކުރުުން އެގައުމުގެ ހުރިހާ އެއާލަނެއް ރަޝިއާއިން ސަސްޕެންޑުކޮށްފި އެވެ.

އިނގިރޭސިވިލާތަށް ޖައްސަން ދިޔަ އެއިރޯފްލޮޓްގެ ފްލައިޓު ޖެއްސުން މަނާ ކުރީ އިއްޔެ އެވެ. އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިގޮތަށް ނިންމީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށައިފި ނަމަ އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ދަށުންނެވެ.

މި މައްސަލައިގަ ރަޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އިނގިރޭސިވިލާތުގެ ހުރިހާ އެއާލައިނެއް ސަސްޕެންޑު ކުރަން ނިންމީ އެ ގައުމުން އެޅި ބީރައްޓެހި ފިޔަވަޅެއްގެ ސަބަބުން ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވައިގެ ދަތުރުފަތުރާއި ބެހޭ އެއްބަސްވުންތަކާއި ހިލާފު ނުވާގޮތަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.

ރަޝިއާއިން އެޅި ފިޔަވަޅާއި އެކު އިނގިރޭސިވިލާތުގެ އެއާލައިންތަކުގެ ފްލައިޓުތައް ރަޝިއާގެ ވައިގެ ސަރަހައްދަށް ވަނުމާއި އެއާޕޯޓުތަކަށް ޖެއްސުން ވަނީ މަނާކޮށްފަ އެވެ.

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަ ފެށީ މުޅި ދުނިޔެއަށް ގޮން ޖެހުމަށް ފަހު އެވެ. ރަޝިއާއިން ބުނީ އެގައުމާއި ދެކޮޅަސް ބައިނަލްއަގުވާމީ މުޖުތަމައުއިން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް އެކަމަށް ފަރުވާލެއް ނެތް ކަމަށާއި ބިރުވެސް ނުގަންނަ ކަށެވެ.

ރަޝިއާއިން އިއްޔެރޭ ފަތިހުން ފެށިގެން ޔޫކްރެއިންއަށް ވައިގެ މަގުންނާއި އެއްގަމު އަދި ކަނޑު މަގުން ދަނީ ހަމަލާ ދެމުންނެވެ. މިހަތަނަސް ދިން މިސައިލް ހަމަލާތަކުގައި150ށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް