އިންސާނުންނަށް ނުރައްކަލެއް ނެތް ކަނޑުގެ ހިތްގައިމު ދިރުމެއް ކަމަށްވާ ކޯމަސް މާބަނޑުތޯ ބެލުމަށް ޑްރޯން ތައް ކާމިޔާބު ކަމާއެކު ބޭނުން ކުރެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
ޔުނިވާސިޓީ އޮފް އެބަރޑީންގެ ޓީމަކުން ޑްރޯން ބޭނުންކޮށްގެން ނަގާފައިވާ ކޯމަހުގެ ފޮޓޯތަކަކުން ހަށިގަނޑުގެ ފުޅާމިން ދެނެގަނެެގެން، އަންހެން ކޯމަސްތަކުގެ ތެރެއިން މާާބަނޑު ކޯމަސްތަކަކީ ކޮބައިކަން ދެނެގަނެވިދާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.
އެ ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ ބޮޓްލްނޯސް ޑޮލްފިންގެ އާބާދީ މޮނިޓާ ކުރުމުގައި 30 އަހަރަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައެވެ.
މީގެ ކުރިން ކޯމަސް މާބަނޑުވެ ވިހާކަން ދެނެގަނެވެނީ ޅަ ކޯމަހެއް ފެނުމުންނެވެ.
މިދިރާސާގެ ޑޭޓާ އާއި ފޮޓޯ ބޭނުންކޮށްގެން ހިމާޔަތް ކުރެވިފައިވާ ބޮޓްލްނޯސް ޑޮލްފިންގެ އާބާދީއަށް އަންނަ ބަދަލުތައް ގަވާއިދުން މޮނިޓަރ ކުރުމުގެ ފުރްޞަތު ލިބިގެންދާނެ ކަމުގައި އެ ދިރާސާ ކުރި ފަރާތްތަކުން ހާމަކުރެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުންވެސް އިންސާނުންނާއި އެންމެ ރައްޓެހި ކަނޑުގެ ދިރުން ކަމުގައި ފާހަގަކުރެވިފައިވާ ކޯމަސް ފެނެއެވެ. އާންމުކޮށް ފެންނަ ކޯމަހުގައި ހުންނަނީ ގަދަ އަޅި ކުލައެވެ. ބައެއް ފަހަރު ކޯމަހުގެ އައިނުތައް ރާއްޖޭގެ ރަށްރަށުގެ ވިލުތެރެއަށްވެސް ވަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް