ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފްރާންސްގެ ޕެެރިހުގައި ކުޅޭ ގޮތައް ހަމަޖައްސައިފި

ކުރިން ރަޝިޔާގައި ކުޅުމަށް ހަމަޖައްސާފައި އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހުގައި ކުޅޭގޮތަށް ޔޫއެފާއިން ހަމަޖައްސައިފިއެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފްރާންސްގެ ވެރިރ...

25 Feb 2022 | 12:28

ކުރިން ރަޝިޔާގައި ކުޅުމަށް ހަމަޖައްސާފައި އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހުގައި ކުޅޭގޮތަށް ޔޫއެފާއިން ހަމަޖައްސައިފިއެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުޅޭގޮތަށް ހަމަޖައްސާ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅެން ހަމަޖައްސާފައިވާ މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ޔޫއެފާގެ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތިން މިހާރު ފްރާންސްގެ ޕެރިހުގައި ކުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިކަން މިގޮތައް ނިންމީ ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ސަބަބުތަކާހެދި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޔޫއެފާގެ ބަޔާނުގައި ބުނެފައިވަނީ މި ބަދަލު ގެންނަން ޔޫއެފާއިން ނިންމީ ހިންގާ ކޮމީޓީގެ ބައްދަލުވުން ބާއްވާ ކޮމިޓީގައި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

އެ މެޗު ކުޅެން ކުރިން ޝެޑިއުލް ކޮށްފައިވަނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މިހާރު މި މެޗު ކުޅެން ހަމަޖެހިފައިވަނީ ފްރާންސްގެ ސްޓޭޓް ޑި ފްރާންސް އިން ސެއިންޓް-ޑެނިސް ސްޓޭޑިއަމްގައެވެ.

ރަޝިއާއާއި ޔޫކްރެއިންގެ ޓީމުތަށް ކުޅެން ހަމަކެހިފައިވާ ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތަށް އެގައުމުގައި ނުކުޅެންވެސް ޔޫއެފާއި ވަނީ ނިންމާފައެވެ.

އަދި އޭގެ ބަދަލު މި މެޗުތައް ކުޅޭނީ ނިއުޓްރަލް ދަނޑުތަކުގައި ކަމަށް ޔޫއެފާގެ ބަޔާނުގައި ބުނެފައިވެެެއެވެ. އަދި މި މެޗުތައް ކުޅޭނެ ވަކިތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް