މިއީ ހަނގުރާމައިގެ އިގްތިސާދީ ލޮޅުން ތަކައް ތައްޔާރުވެ ހުރިހާ ދިވެހިން އެއްބައިވަންތަ ވާންވީ ވަގުތުކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ (އެމްޓީޑި) އިން ހާމަކޮށްފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައިރޮއިޑް އޮޕަރޭޝަން މިއަދު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަވަސް ޝިފާއެއް ދެއްވުމަށް އެދޭ ކަމަށެވެ. އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދަށާއި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރުދެއްވުމަށް އެދި ދުއާކުރާ ކަމަށެވެ.
ރައީސް ސާލިހުގެ ވެރިކަމަކީ އެންމެ ބޮޑެތި ގޮންޖެހުންތަށް އެތެރެޔާއި ބޭރުން ދިމާވި ދުވަސްވަރު ކަމަށް ބަޔާނުގައި ބުނެފައިވައިވެ އެވެ. ބަޔާނުގައި ބުނީ ރައީސް ސާލިހުވަނީ މިހުރިހާ ގޮންޖެހުންތަކާއި ކެތްތެރިކަމާއި އެކީގައި ކުރިމަތިލައްވާ ގައުމުހަމަމަގަށް އެޅުވުމާއިއެކީ ގައުމީ އަދި ބައިނަލްއަޣުވާމީ އެތައް ކާމިޔާބީއެއް ހޯއްދަވާފަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އެންމެންގެ ޖަޒުބާތުތައް އޮއްލާސަމުން ދާ މިޒަމާނުގައި ރައީސް ސާލިހު އިސްކުރެއްވީ ހިކުމަތްތެރިކާމާއި ކެތްތެރިކަމެވެ. ދުވަހަކުވެސް ނުރުހުމުގެ ބަހެއް ރައްޔިތަކާއި އަދި އިދިކޮޅުފަރާތަކާއި ދިމާލަށްވެސް ވިދާޅުނުވާކަމަށް ބުނެފައިވެ އެވެ. އަދި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގުމިންވަރު ހޯދާދިނުމުގައި ފުރިހަމަ ސާބިތުކަން ރައީސް ސާލިހު ދަނީ ދައްކުވައިދީފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ނުނިމިގެން އުޅެނިކޮށް ހަނގުރާމައިގެ ވިލާތަކާއި ހަރަކާތްތަށް މިވަނީ މުޅި ދުނިޔެ ބަނަކޮށްލާފައި ކަމަށާއި ޔޫކްރެއިންގައި ތިބި ދިވެހި ކުދިން އަވަހަށް ސަލާމަތުގެ އައްސޭރިއަށް ގެންދެވި ދިވެހި ގައުމަށް އަވަހަށް އަނބުރާގެނައުމަށް ގޮވާލާ ކަމަށެވެ.
މިއީ ދިވެހިން އެއްބައިވާންވީ ވަގުތެވެ. ދިވެހިންގެ އެތެރޭގެ ވާދަވެރިކަން ދޫކޮށް ގައުމުގެ ހައްގުގައި، އަންނަން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން އެކީގައި މަޝްވަރާކުރަންވީ ވަގުތެވެ. އެމްޓީޑީން އެދެނީ ރައީސް ސޯލިހަށާއި ދިވެހި ރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް