ޔޫކްރޭންގައި ތިބި ދިވެހިން ހަންގޭރީ މަގުން ރާއްޖެ ގެނައުމަށް މަސައްކަތް ފަށައިފި

ރަޝިޔާ-ޔޫކްރޭން މަސްރަހު ހޫނުވެ، ހަނގުރާމަ ފެށިފައިވާ ޔޫކްރޭންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. މިކަމާއި ގުޅޭގޮތުން އެންމެ ފަހ...

25 Feb 2022 | 07:21

ރަޝިޔާ-ޔޫކްރޭން މަސްރަހު ހޫނުވެ، ހަނގުރާމަ ފެށިފައިވާ ޔޫކްރޭންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

މިކަމާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް، މިއުވާން މުހައްމަދު ވިދާޅުވީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް. ރެއިން ފެށިގެން ފޮރިން މިނިސްޓްރީއާއި ބަރލިންގައި ހުންނަ ދިވެހި އެމްބަސީއިން މިދަނީ ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުން. " މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ ހަރްކީވްގައި ތިބި  ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި  ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

https://twitter.com/hamnerd_/status/1496917517327024137

ހަނގުރާމަ ފެށުމުގެ ކުރިން ބައެއް ދިވެހި ދަރިވަރުންނަށް ރާއްޖެ އާދެވުނެވެ. އެހެންނަމަވެސް ފްލައިޓް ތައް ކެންސަލްވުންފަދަ އެކި ސަބަބުތަކާއިހެދު 21 ދަރިވަރަކަށް ނާދެވި ޔޫކްރޭންގައި މަޑުކުރަން ޖެހުނެވެ. ޔޫކްރޭންގައި ތިބި މި ދިވެހިންގެ ކަންކަން ގާތުން ބަލައި ވާންޖެހޭ އެހީތެރިކަން ވަމުން އަންނަ ކަމުގައި ފޮރިން މިިނިސްޓްރީން ބުނެފައިވެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް