ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ޒަހަމްކޮށްލައިފި

މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލައިފި އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 7:45 ހާއިރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ކަމަށެވ...

25 Feb 2015 | 16:37

މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 7:45 ހާއިރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ކަމަށެވެ.

އެ ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު އެ ކުއްޖާއަށް މާބޮޑު ޒަހަމްތަކެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް