ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ފުލުހުން ބުނާ ހަތިޔާޜާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު...

25 Feb 2015 | 11:41

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ފުލުހުން ބުނާ ހަތިޔާޜާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ނާޒިމްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ ފުރތަމަ އަޑުއެހުމުގައި ދައުވާ އިއްވުމުން ނާޒިމް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައި އެވެ. ދައުވާގައި ދައުލަތުގެ ވަކީލް ވިދާޅުވީ އޭނާގެ ގެއިން ހަތިޔާރާއެކު ފެނުނު ޕެންޑްރައިވްއެއްގައި ހުރި މައުލޫމާތުތުތަކުން އެނގޭ ގޮތުގައި ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ "ވިލާއިން ފަންޑްކޮށްގެން" ކަމަށެވެ.

މީގެ އިތުރުން ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށްވެސް ދައުލަތުން ވަނީ އެ ދައުވާ އުފުލާފައި އެވެ. ނަމަވެސް ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ މައްޗަށް އުފުލި ދައުވާ ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައި އެވެ.

އަފާފުގެ މައްޗަށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔައީ އެގެއިން ފުލުހުން ހޯދި ޕެންޑްރައިވް އެއްގައި ހުރި މައުލޫމާތުތަކަކަށް ބަލާފައިކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް