27 ފެބްރުއަރީގެ ހަރަކާތްތަކަށް އިލްމުވެރިން ތާއީދު ނުކުރުމަށް އިސްލާމިކް މިނިސްޓަރު ގޮވާލައްވައިފި

އަންނަ ހުކުރު ދުވަހު ޖޭޕީއެމްޑީޕީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް އިލްމުވެރިންނާއި އިސްލާމީ ޖަމިއްޔާތައް ތާއީދު ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ. އ...

25 Feb 2015 | 10:02

އަންނަ ހުކުރު ދުވަހު ޖޭޕީއެމްޑީޕީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް އިލްމުވެރިންނާއި އިސްލާމީ ޖަމިއްޔާތައް ތާއީދު ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މި ސަރުކާރުން އިސްލާމީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

https://twitter.com/Mohamedshaheem1/status/570521087554949120

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ހުކުރު ދުވަހު ނިކުންނަނީ ގާނޫނު އަސާސީގެ ދިފާއުގައި ސަރުކާރު "ސައިޒަށް" ކަނޑަން ކަމަށް އެ ކޯލީޝަނުން ވަނި ބުނެފަ އެވެ. އަދި 27 ވަނަ ދުވަހަކީ ދެވަނަ ފެބްރުއަރީ ހަތެއް ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް