ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖްގެ ފުރަތަމަ ލެގުގައި ބަރސާ އަދި ސިޓީ ބައްދަލުކުރި މެޗުގައި ސުއަރޭޒްގެ އަވޭ ދެ ގޯލާއެކު ބަރސާއިން ސިޓީ ބަލިކޮށްފިއެވެ.
އެތިހާސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓުގައިވެސް މެޗު ޑޮމިނޭޓްކޮށް ގަދައަށް ކުޅުނީ ބަރސާއިންނެވެ. އޭގެ ނަތީޖާއެއް ގޮތުން މެޗުގެ 16 ވަނަ މިނެޓުގައި މެސީގެ ރީތި ބޯޅައަކުން ބަރސާއަށް ލީޑު ނަގާދިނީ ކުރިން ލިވަރޕޫލްއަށް ކުޅުނު އުރުގުއާއީގެ ފޯވަރޑް ލުއިސް ސުއަރޭޒްއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީގެ ރީތި ޗަރުކޭހާއެކު ދެ ކުޅުންތެރިން ބީޓްކޮށް އަލްބާއަށް ދިން ބޯޅައިން ނެގި ހުރަހާއެކު ޝުއަރޭ ބަރސާގެ ލީޑު ފުޅާކޮށްދިނެވެ.
2-0 ގެ ނަތީޖާއިން ފުރަތަަމަ ހާފް ނިމުނުއިރު، މެޗުގެ ދެވަނަ ހާފްގައި ސިޓީއިންވަނީ ކުޅުުން ރަނގަޅުކޮށް މެޗަށް އަނބުރާއައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއަކަށްވީ ސާޖިއޯ އަގުއޭރޯގެ ގޯލާއެކު ސިޓީ މެޗުގެ ނަތީޖާ ފަރަގު ކުޑަކުރުމެވެ. ނަމަވެސް ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރަމުންއައި މަސައްކަތަށް ހުރަހަކަށް ވެގެންދިޔައީ ގައިލް ކްލިޗީއަށް ދެއްކި ރަތްކާޑާއި ގުޅިގެނެވެ.
މެޗު ނިމެންދަނިކޮށް ބަރސާއަށް ލިބުނު ޕެނެލްޓީ މެސީ ފޮނުވާލިނަމަވެސް، ސިޓީ އަދި އިންގްލެންޑްގެ ކީޕަރ ޖޯ ހާޓްވަނީ ޕެނެލްޓި ސޭވްކޮށް ދެވަނަ ލެގަށް އުންމީދު އާކޮށްދީފައެވެ.
މި ދެޓީމު ބައްދަލުކުރާ ރިޓާން ލެގު އޮންނާނީ މާރިޗު 18 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް