ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކޮލިޓީ އެސުއަރަންސް ޑިޕާޓްމަންޓްގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ޑިޕާޓްމަންޓަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއް ކަމަށެވެ.
މިއީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ޙަރަކާތްތައް މޮނިޓަރކޮށް، އެތަންތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓާތޯ ބަލައި ކަށަވަރުކުރުމުގެ ގޮތުން އުފެއްދެވި ޑިޕާޓްމަންޓެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް