ކޯޓަށް ހާޒިރުކުރި ދުވަހު ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ނުވޭ: ޕޮލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރި ދުވަހު ޖަސްޓިސް ބިލްޑިންގް ކުރިމަތިން ހިނގި ކަންތައްތަކުގައި ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފި އެވެ...

25 Feb 2015 | 03:36

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރި ދުވަހު ޖަސްޓިސް ބިލްޑިންގް ކުރިމަތިން ހިނގި ކަންތައްތަކުގައި ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އިސްމާއިލް އަލީ ވިދާޅުވީ ރައީސް ނަޝީދުގެ އަތުގެ ސްކޭންއަކާއި އަދި ބައެއް އެހެނިހެން މެޑީކަލް އެގްޒަމިނޭޝަންސް ކުރިއަށްގެންދެވުނު ކަމަށާއި އެ ޓެސްޓްތަކުން ދައްކާގޮތުން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

"ރައީސް ނަޝީދުގެ އަތަކަށްވެސް ފަޔަކަށްވެސް އެއްވެސް އަނިޔާއެއް ލިބިފައެއް ނެތް" އިސްމާއިލް އަލީ ވިދާޅުވި އެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ރައީސް ނަޝީދުގެ އިނގިލިކޮޅުގެ އެކްސްރޭ ކަމަށްބުނެ ބިނދިފައިވާ އިނގިއްޔެއްގެ އެކްސްރޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެ އެވެ. ފުލުހުން ބުނީ އެ ފޮޓޯއަކީ "ފޭކް" ފޮޓޯއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް