ދިވެހި ރައްޔިތުންނާ ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުންކޮށްފާނެ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިފަދަ ހަބަރުތައް ފަތުރަމުން އަންނައިރު މިކަމާމެދު އެމްއެންޑީއެފުން ބުނެފައިވަނީ މިފަދަ ދޮގު ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި ދިވެހި ލޮބުވެތި ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން ހީނަރުކުރުމުގެ މަޤްސަދުގައި ކަމަށެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު ރައީސް ނަޝީދު ހައްޔަރުކުރި ދުވަހު އެމްއެންޑީއެފުން މާލެތެރޭގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދިޔަ ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް