ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ - އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން ނިމުމަކަށް

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމިއްޖެއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރ...

25 Jan 2025 | 18:55

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމިއްޖެއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވި، ހުޅުމާލެ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ޝޯވއެއްގައި ވަނީ އިނާމު ހަވާލު ކުރެވިފައެވެ.  މި ޕްރޮމޯޝަނުގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްލެވިފައެވެ.

31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ކުރިއަށްދިޔަ އެވެ.

ދޫކޮށްލި ސައިކަލުތަކުގެ ތެރޭގައި:.

  • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

އަދި އެ ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެން އެ ދިޔައީއެވެ.

އެ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ

ޕްރޮމޯޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް