ޒަޚަމްތަކަކާއެކު ސެނަހިޔާ ކައިރިން ފެނުނު މީހާއަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު

ޒަޚަމްތަކަކާއެކު ސެނަހިޔާ ކައިރިން ފެނުނު މީހާއަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ދުވަހުގެ ހެނދުނ...

25 Jan 2025 | 14:51

ޒަޚަމްތަކަކާއެކު ސެނަހިޔާ ކައިރިން ފެނުނު މީހާއަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ދުވަހުގެ ހެނދުނު ސެނަހިޔާ ހޮސްޕިޓަލު ކައިރިން ދިވެހި ފިރިހެނަކު ޒަޚަމްތަކަކާއެކު ފެނިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރިކަމަށާއި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެދުވަހު ހެނދުނު 08:17 ހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ތުހުމަތުގައި މާލެ، ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ އުދަރެސް، އަލީ ނާޝިދު (34އ) ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 21:19 ހާއިރު ކަމަށާއި އަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ 21 ވަނަ ދުވަހުގެ 01:09 އެހައިކަންހާއިރު ކަމަށެވެ. އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް