ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ އަރުވަން އޮތް ހަވާ ކެންސަލްކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނެފައިވަނީ ހަވާ ކެންސަލްކުރީ މޫސުން ތަންނުދޭތީ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާއަރުވަން ޝެޑިއުލްކުރީ 09:30 ހާއިރަށެވެ. އެމްއެންޑީއެފްއިން ކުރިން ބުނެފައިވަނީ ފަސް ވަރަކަށް މިނެޓަށް ހަވާ އަރުވަން އޮތީ ވިޔަފާރި އުސޫލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް