ޒައިދު ނިއުމާއަށް: ހެޔޮ ނަސޭހަތެއް ދިނީމަ ހެޔޮ ނަސޭހަތް ބަލައިގަންނާނީ، ނަސޭހަތް ދިން މީހާ ކާލާނީކީ ނޫން!

ފިލްމީ ތަރި ނިއުމާއަށް އަލީ ރަމީޒު ނަސޭހަތް ދިނުމުން އެކަމާއި ހިތް ހަމަ ނުޖެހި ނިއުމާ ކުރި ޕޯސްޓާއި ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ރައްދެއް ދީފިއެވެ. ފިލްމީ ތަރި ނިއުމާއަށް ފިލްމުކުޅުން ފަދަ ދ...

25 Jan 2025 | 10:51

ފިލްމީ ތަރި ނިއުމާއަށް އަލީ ރަމީޒު ނަސޭހަތް ދިނުމުން އެކަމާއި ހިތް ހަމަ ނުޖެހި ނިއުމާ ކުރި ޕޯސްޓާއި ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ރައްދެއް ދީފިއެވެ.

ފިލްމީ ތަރި ނިއުމާއަށް ފިލްމުކުޅުން ފަދަ ދީނާ ބީރައްޓެހި މަސައްކަތްތަކާއި ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ހަޔާތުގައި ދެން އޮތް ބައި ހޭދަ ކުރުމަށް އަލީ ރަމީޒު ވަނީ ނަސޭހަތްދީފައިވެައެވެ.

އެކަމާއި ގުޅިގެން އަލީ ރަމީޒު ކުރި ޕޯސްޓަށް ރައްދު ދީ ނިއުމާ ވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން ޒައިދު ފޭސްބުކްގައިި ކުރި ޕޯސްޓެއްގައި ބުނީ، ހެޔޮ ނަސޭހަތްތެއް ދިނުމުން އެކަން ހެޔޮ ނިޔަތުން ބަލައިގަނެ، އެކަމަށް އަމަލުކުރެވެން އޮތް ނަމަ އެކަމަށް އަމަލު ކުރާނީ ކަމަށެވެ. ނުވަތަ އެކަމަށް ޝުކުރު އަދާކުރާނީ ކަމަށެވެ. އޭގެ ބަދަލުގައި ނަސޭހަތް ދިން މީހާ ކާލާނީ ނޫން ކަމަށާއި، އެފަދަ ހެޔޮ ނަސޭހަތެއް ބޮލާލާ ޖެހުމަކީ ބޮޑާކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ޒައިދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް