އާއްމު ސަރަހައްދުތަކުގައި އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އިމިގްރޭޝަނުން ހާއްސަ އޮަޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ، މިފަދަ ކަންކަން ފާހަގަވަމުންދާތީ މިއަދު އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕަލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ އެ ސަރަހައްދުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
އަދި އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން އިމިގްރޭޝަނުން ބުނީ އެ ހަރަކާތްތަތައް ކުރިއަށްދާއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެ ނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް