އަލީ ރަމީޒް ނިއުމާއަށް ނަސޭހަތްތެރިވެ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އަލީ ރަމީޒަށް ނިއުމާގެ ހޫނު ރައްދެއް ދީފިއެވެ.
އަލީ ރަމީޒް ވަނީ ، ފިލްމު ކުޅުން ފަދަ ﷲ ހަރާމް ކުރައްވާފައިވާ ފަދަ މަސައްކަތްތަކާއި ދުރުވެ އިއްފަތްތެރި މީހެއްގެ ގޮތުގައި އުމުރުން ދެން އޮތް ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް ނަސޭހަތްތެރިވެފައެވެ.
އެކަމާއި ގުޅިގެން ނިއުމާ ކުރި ޕޯސްޓެއްގައި ބުނީ، ކިތަންމެ ރަގަނޅު މީހަކަށްވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށެވެ.އަދި އެކަން އެނގޭނީ އަލީ ރަމީޒް ފަދަ އިލްމުވެރިންނަށް ކަމަށެވެ.
"މަމީ އޮރިޔާން ފިލްމު ކުޅެގެން މައްޝޫރު ވި މީހެއް ނޫން... މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ވެސް ނޫން، އެތައް ބައެއް ކުރިމަތީ ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތަކުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނަ އަށް ލިބުނު ލާރިގަނޑުން ކީއްބާ ކުރީ؟" ނިއުމާ ބުނެފައި ވެއެވެ.
މީގެއިތުރުން ނިއުމާ ބުނީ، ސޯސަލް މީޑިއާ އިން ފެންނަ ޚަބަރުތަކަށް "ބޭސްކޮށް" މީހުންނަށް އެއްޗެހި ކިޔުން މީ އެންމެ ދީނީ ގޮތް ތޯއެވެ.
އަދި މި ގައުމުގައި އޮރިޔާމުން އުޅޭ މީހުންނަށް ދުވަހަކުވެސް ބަހެއް ނުބުނާކަން ފާހަގަ ކުރަމުން ނިއުމާ ބުނީ "ކޮންމެހެން މަށާ ބެހޭނެ ކަމެއް" ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް