އަނިޔާ ލިބިފައިވާ މީހަކު ރޭގައި އައިޖީއެމްއެޗް އަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މާލޭގައި ދެ ގްރޫޕް/ގޭންގެއްގެ މެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން 00:30 ހާއިރު މާލެ ސިޓީ ކޮންމެވެސް ސަރަހައްދެއްގައި ވަޅިއަކުން ހަމަލާދީ މީހަކު ޒަޚަމުކޮށްލާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ދީފައިވާ ޖަވާބެއްގައެވެ.
"އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗް އަށް ރޭ 23:40 ހާއިރު ގެންގޮސްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ" ކޮންކަހަލަ އަނިޔާއެއްކަން، ކިހިނެއް ލިބުނު އަނިޔާއެއްކަން ހާމަނުކޮށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް