ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ

ވިޔަފާރި އުސޫލުން މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެ...

25 Jan 2025 | 07:23

ވިޔަފާރި އުސޫލުން މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓާ ދިމާ ބޭރުން މިރޭ 09:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށާއި ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ފަސް މިނެޓެއްހާއިރަށް ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ އޮންނަ ހަރަކާތަކީ ވިނަރެސް ފްލެޓްސް ސަރަހައްދުގައި ސުޕަރމާކެޓެއް ހުޅުވުމުގެ ރަސްމިއްޔާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް