Mފުލުހުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދެ މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އެ ދެމީހުންނަށް ޗިޓު ފޮނުވިފައި ނުވާކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުން އަންނަނީ އުމުރުން 54 އަހަރުގެ އަބްދުލް ޤާދިރު، ށ.ފޭދޫ / ކަސްތޫރިމާގެ އަދި އުމުރުން 22 އަހަރުގެ ފާތިމަތު ނަޝާޔާ، ސ.ހިތަދޫ / އައިޑަންވޫޑް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް