ދިރާގު މޮބައިލް މިނީ ސީރީޒް 1 ކުރިއަށްދަނީ!

ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް މިހާރު އެކުންފުނިން އެބަ ކުރިއަށްގެންދެއެވެ. މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށ...

25 Jan 2024 | 07:28

ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް މިހާރު އެކުންފުނިން އެބަ ކުރިއަށްގެންދެއެވެ. މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުމެވެ.

މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ މިދިޔަ ހަފުތާގައި ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހުޅުވާލާފައެވެ. ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުންވަނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ދިރާގުގެ މެނޭޖަރ، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި އީސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގޭނެ ކުޅިވަރެކެވެ. އެގޮތުން މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިންގ ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް އެކި ގޭމިންގ ކޮމިއުނިޓީތައް ބިނާކުރުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށް ނާޔާ ވިދާޅުވިއެވެ.

27 ޖަނަވަރީއާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެއެވެ.

މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. އެގޮތުން ވޭދުވެދިޔަ އަހަރު ދިރާގުން ވަނީ 'މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023'ގެ ނަމުގައި 100،000 ރުފިޔާގެ ޕަރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރަތް ބާއްވާފައެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް