20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ 15 ޖަނަވަރޠ 2024 ގައި ކުރެވުނު އިއުލާން ނަންބަރު MDP/2024/005 އާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މިއަދު ހަވީރު 4:00 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޝަކުވާ ހުށަހަޅާ ފޯމު އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެއެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި މަޖިލީހުގެ 43 ދާއިރާއަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް