އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން މަޖީދިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން ރައްކާތެރި ކުރުވުމަށް ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ހެންވޭރު ނެއިބަހުޑް ޕޮލިހާއި ސައިބަރ ޕޮލިސިންގ ސެންޓަރ އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެގޮތުން، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ރަނގަޅުގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި، ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދީ ބަލަންޖެހޭ ކަންކަމާއި، ދަރިންނަށް އިންޓަނެޓް އެކްސަސް ދިނުމުގައި (ޔޫޓިއުބްއާއި ސައިޓްތައް) ލިމިޓްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތާއި އެހެނިހެން ޕާސްވޯޑުފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 1 އިން 10 ގެ ހުރިހާ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް