ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ދ. މީދޫ، ދުނބުރިމާގޭ، އުމުރުން 36 އަހަރުގެ މަރްޔަމް ރާމިޒާއެވެ. ރާމިޒާ މިހާރު ދިރިއުޅޭ އެޑްރެހަކީ ވ. ލަކީސްޕޮޓް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އާއިލާއަށް ރާމިޒާގެ ހަބަރެއްނުވެގެން ރިޕޯޓްކޮށްފައިވަނީ ރޭ 08:37 ހާއިރުގައެވެ. އަދި އެންމެ ފަހުން އާއިލާއަށް ރާމިޒާ ފެނިފައިވަނީ އޭގެ ކުރީ ދުވަހުގެ ރޭ 09:00 ހާއިރު ކަމަށްވެސް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މަރްޔަމް ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް