ދޮންކޭލުގެ ފައިދާ ތިޔަ ހީކުރާވަރަށްވުރެ ބޮޑު...

ދޮންކޭލަކީ މީރު އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލު މޭވާއެކެވެ. ދޮންކޭލުގެ ތެރޭގައި އެކި ބާވަތްތަކުގެ ދޮންކެޔޮ ހިމެނެއެވެ. ދޮންކެޔޮ އެންމެ ގިނައިން ހައްދާކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ، އިން...

25 Jan 2024 | 02:55

ދޮންކޭލަކީ މީރު އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލު މޭވާއެކެވެ. ދޮންކޭލުގެ ތެރޭގައި އެކި ބާވަތްތަކުގެ ދޮންކެޔޮ ހިމެނެއެވެ. ދޮންކެޔޮ އެންމެ ގިނައިން ހައްދާކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ، އިންޑިޔާގައެވެ. އެގޮތުން އަހަރަކު އެއްތިރީސް މިލިޔަން ޓަނުގެ ދޮންކެޔޮ އިންޑިޔާގައި ހައްދާކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ދޮންކޭލަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ އަދި ޕޮޓޭޝިއަމް، ޕްރޮޓީންސް ފައިބަރ ފަދަ މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

ދޮންކޭލުން ލިއްބައިދޭ ސިއްޙީ ބައެއް ފައިދާއަށް ބަލާލާއިރު، ދޮންކޭލުގައި ފައިބަރ ހިމެނޭތީ ހަޖަމްކުރުމަށް ފަސޭހަވެގެންދެއެވެ. ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމް، މިނަރަލްސް އަދި އިލެކްޓްރޯލައިޓްސް ގެ ސަބަބުން، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ދޮންކޭލަކީ މެގްނީޒިއަމް ގިނަ މޭވާއަކަށް ވާތީ މަސްލްސް ވަރުގަދަވުމާއި، ކަށިވަރުގަދަކޮށް ދިނުމަށް އެހީތެރިވެދެއެވެ.  ޚާއްސަގޮތެއްގައި ކަސްރަތު ކުރާ މީހުނަށް ދޮންކޭލުން ލިބޭ ފައިދާ އިތުރުވެއެވެ. ސަބަބަކީ، ކަސްރަތުކޮށް ނިންމުމަށްފަހު ޤަވާޢިދުން ދޮންކެޔޮ ކާނަމަ، ހަށިގަނޑުގެ މަސްތައް އިތުރަށް ވަރުގަދަކޮށްދީ އިތުރު ބާރު ލިއްބައިދެއެވެ.

ބަނޑުގައި ވައި ހެދުމުގެ ސަބަބުން ބަނޑު ފުއްޕުމުން ސަލާމަތްކޮށްދިނުމަށްވެސް ދޮންކޭލަކީ ރަނގަޅު މޭވާއެވެ. އަދި ދޮންކެޔޮ ކާނަމަ އަވަސް އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދެއެވެ. މީގެ އިތުރުންވެސް ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމްގެ ސަބަބުން، ކިޑްނީ ސާފުކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކޮންމެއަކަސް ދޮންކޭލަކީ، ގިނަގުނަ ސިއްޙީ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ދޮންކޭލަކީ އަޅުގަނޑުމެންގެތެރޭގައި ވަރަށް ތިޔާގި މޭވާ އަކަށްވާއިރު  ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ދޮންކެޔޮ ހިމަނާލުން މުހިއްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް