އެމް-ފައިސާއިން މިހާރު ބައިސްކޯފު ފީ ވެސް ދައްކާލެވޭނެ

ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަންގައި މަހު ފީ ދެއްކުމަށް އެމް-ފައިސާ ހިމަނައިފިއެވެ. އުރީދޫ މޯލްޑިވްސް އާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަ...

24 Jan 2024 | 21:47

ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަންގައި މަހު ފީ ދެއްކުމަށް އެމް-ފައިސާ ހިމަނައިފިއެވެ.

އުރީދޫ މޯލްޑިވްސް އާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދައްކާލެވޭނެއެވެ. މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒު ކޮށްދޭ ކަމެކެވެ.

" އުރީދޫ އާ ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާއފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނަރޝިޕާއެކު ކުރިއަށް އޮތަތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރު ތައް ލިބިގެންދާނެ." ހުސައިން ނިޔާޒު، ޗީފް ކޮމާޝަލް އޮފިސަރ

ބައިސްކޯފު އެޕްލިކޭޝަންއަކީ އައި.އޯ.އެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ. ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލާލެވޭނެއެވެ. ކޮންމެ ބޭފުޅަކުވެސް ބަލަން ބޭނުންވާ ފަދަ ކޮންމެސް ކޮންޓެންޓެން ބައިސްކޯފުން ލިބިގެންދާނެއެވެ.

ބައިސްކޯފުގައި އެމް-ފައިސާ ބޭނުންކުރުމަށް އެންމެ ފަހުގެ އެޕް ޑާއުންލޯޑު ކުރުމަށްފަހު ފީ ދައްކާލުމަށް އެމް-ފައިސާ ހިޔާރުކުރައްވާ.

އެމް-ފައިސާ އަށް ރެޖިސްޓަރ ވުމަށް، އުރީދޫ އެޕް ޑައުންލޯޑު ކުރައްވާ.

http://ore.do/mf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް