ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ސިފައިންގެ ފްލެޓުތައް ކައިރީ ހުރި ހިކި ގަސްތަކެއްގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ ...

25 Jan 2022 | 18:02

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ސިފައިންގެ ފްލެޓުތައް ކައިރީ ހުރި ހިކި ގަސްތަކެއްގައި ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 22:29 ގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ވެސް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ހުސްކޮށް އޮންނަ ބިމެކެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ހާމަވާ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށްބޮޑަށް އަލިފާން ރޯވެފައެވެ.

އެހެންނަމަވެސް އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނުކަމެއް އަދިސާފުވާގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް