ކުޑަކުޑަކަމެއް ކޮށްލައިގެން ބ. މާޅޮހުގެ ހިތްގައިމު މާޙައުލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި

ކުޑަކުޑަކަމެއް ކޮށްލައިގެން ބ. މާޅޮހުގެ ހިތްގައިމު މާޙައުލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ. މިއީ އުރީދޫ މޯލްޑިވްސް އާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ "ވ...

25 Jan 2022 | 17:51

ކުޑަކުޑަކަމެއް ކޮށްލައިގެން ބ. މާޅޮހުގެ ހިތްގައިމު މާޙައުލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސް އާއި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.

އެ ފަރާތުން ހުޅުވާލާފައިވަނީ ރާއްޖޭގެ ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން ބ. މާޅޮހުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ކެމްޕޭނުގައި ކޮންމެ މަހަކު ވެސް ވަކި ތީމެއްގެ ދަށުން ފޮޓޯ ހުށަހަޅާއިރު، މިމަހަށް ކަނޑައަޅާފައިވާ ތީމަކީ ރާއްޖޭގައި ކުރެވޭ ތަޖުރިބާތައް ނުވަތަ އެޑްވެންޗަރތަކެވެ.

ފޮޓޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މާޅޮހުގެ "ތުނޑި ވިލެޖް" ގެސްޓް ހައުސްގައި އިތުރު ފަރާތަކާއެކު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ ހިއްސާކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14ވަނަ ދުވަހެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ޕޯސްޓުކުރާއިރު ބޭނުންކުރަންޖެހޭ ހޭޝްޓެގަކީ VisitMaldivesNow# އެވެ.

“ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ކުރިއަށްދާ މި ކެމްޕެއިނަކީ އުރީދޫ އޮޕަރޭޓްކުރާ 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިކަން ޕްރޮމޯޓުކުރާ ޑެސްޓިނޭޝަން ކެމްޕެއިނެކެވެ.

https://twitter.com/corporatemv/status/1485848537720328202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1485848537720328202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthiladhun.com%2F83400

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް