ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވް ވި އަދަދު 2609 އަށް ދަށްވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 1427 މީހަކާއި އަތޮޅުތަކުން 783 މީހަކާއި ރިސޯޓުތަކުން 109 މީހެކެވެ.
މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ކަންބޮޑުވާ މިންވަރަށް ވަނީ މައްޗަށް ދާން ފަށާފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،663 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 105،827 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 16،666 މީހަކަށެވެ. އަދި ހޮސްޕިޓަލުތަކުގައި 57 މީހަކު އެޑްމިޓް ކޮށްގެން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 271 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 253 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް