ރ. އުނގޫފާރުގައި އެންސިޑެންޓެއް ހިނގާ، 39 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.
އެރަށު ހޮސްޕިޓަލާ ހަވާލާދީ އުނގޫފާރު ޑޮޓްކޮމް ގައި ބުނެފައިވަނީ މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކުގެ ބޮލުގެ ނާށިގަނޑަށް އަނިޔާތަކެއްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓު ގައި އަނިޔާވީ 39 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
"އެކްސިޑެންޓުގައި އެމީހާގެ ބޮލަށް ވަނީ އަނިޔާވެފަ. އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ހެދުމުން ބޮލުގެ ނާށިގަނޑަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވޭ. އެކަމަކު އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ."" އުނގޫފާރު ހޮސްޕިޓަލުން ބުންޏެވެ.
އަނިޔާ ލިބުނު މީހާ މިހާރުވަނީ ސީއެމްބިއުލާންސް ގައި މާލެ ފޮނުވާފައެވެ.
ފުލުހުން ބުނީ އުނގޫފާރުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މައުލޫމާތު މިއަދު މެންފުރުފަހު 2:30 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 39 އަހަރު ފިރިހެނަކަށާއި 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް