ބްރިޖް ސާވޭގެ އަމަލީ މަސައްކަތް ފަށައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢުގައި ހިމެނޭ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފިއެވެ. ބިމުގެ ވަރުގަދަކަން ދެނެގަތުމަށް ކުރާ ޖިއޯޓެކްނިކަލް ސަރވޭ މިއަދު ފަށާފައިވަނީ މާލެ-ވިލިނގިލި ގުޅާލުމުގެ ސ...

25 Jan 2022 | 13:25

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢުގައި ހިމެނޭ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފިއެވެ.

ބިމުގެ ވަރުގަދަކަން ދެނެގަތުމަށް ކުރާ ޖިއޯޓެކްނިކަލް ސަރވޭ މިއަދު ފަށާފައިވަނީ މާލެ-ވިލިނގިލި ގުޅާލުމުގެ ސަރވޭއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މިއީ މި މަޝްރޫޢު ހަވާލުކޮށްފައިވާ އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިން އަށް ބޭނުންވާ ޖިއޯޓެކްނިކަލް ސަރވޭތަކެއް ކަމުގައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. އެގޮތުން 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ.

މީގެ އިތުރުން، ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހަދާނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓީވިޓީ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް