ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް މިރޭ އޮންނާނެއެވެ.
ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ މި ބަހުސް ފަށާނީ މިރޭ 9 ޖަހާ އިރުއެވެ. އަދި މި ބަހުސް ޓީވީއެމް އިން ވަގުތުން ދެއްކުމަށް ވެސް ވަނީ ނިންމާފައެވެ.
ޕީއެސްއެމްއިން ބުނީ މި ބަހުސްގައި ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި، ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްގީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދަމް ވާދަކުރައްވާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. ކ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް