މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ރަށު އިއުލާނުކޮށްފިއެވެ. މާބައިދޫ ކަައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި 25 ޓަނުގެ އައިސްޕްލާންޓެއް 50 ޓަނ...

25 Jan 2022 | 13:12

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ރަށު އިއުލާނުކޮށްފިއެވެ.

މާބައިދޫ ކަައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި 25 ޓަނުގެ އައިސްޕްލާންޓެއް 50 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމުގައެވެ.

އެގޮތުން، މިއަދު މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން މި މަޝްރޫޢު ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓު އުސޫލާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް 25 ޖަނަވަރީ 2022 އިން ފެށިގެން ހައްދުންމަތީ މާބައިދޫ މާބައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓުން www.maabaidhoo.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 12 ފެބްރުވަރީ 2022 ގެ 13:00 ގެ ކުރިން [email protected] އީމެއިލް ކުރަން އެކައުންސިލުން ބުނެފައިވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ފެބްރުވަރީ 17 ވަނަ ދުވަހުގެ 11:00 ގައި ބީލަން ހުށަހެޅުމަށް އެ ކައުންސިލުން އެދިފައި ވެއެވެ. މިގޮތުން ބީލަން ބަލައިގަތުން އޮންނާނީ ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް