ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް މާލޭގައި އިތުރު ވޯޓުފޮށްޓެއް ބަހައްޓަން ނިންމައި، ވޯޓު ފޮށިތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން މާލެއަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އަދަދަށް ބަލައި އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލެސިޓީގައި އިތުރު ވޯޓުފޮށްޓެއް ބެހެއްޓުމަށް މިކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ބަހައްޓަން ނިންމާފައިވަނީ ހަތް ފޮއްޓެވެ. މާލޭގައި ދެ ފޮށި، ކޮމަންޑޫގައި ދެ ފޮށި، މަރޮށީގައި އެއް ފޮށި އަދި ފޯކައިދޫގައި ދެ ފޮށްޓެވެ. މާލޭގައި ދެ ފޮށިވެސް ބަހައްޓަން ނިންމާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.
މި އިންތިހާބުގެ ވޯޓުލުން އޮންނާނީ މި އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް