ކައިވެނީގެ ކުރީކޮޅު ކެޓްރީނާ، ވިކީ ބަހައްޓާފަ ރާއްޖެ އައުމުން ގިނަ ބަޔަކު ފާޑުކިޔައިފި!

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އެކަނި އިއްޔެ ރާއްޖެއައުން ވީ އިންޑިއާ މީޑިއާ އަދި އާންމުންނަށް ބަލައިގެންނަން މާ ފަސޭހަވި ކަމަކަށް ނޫނެވެ. ކެޓްރީނާ ރާއްޖެ އައިސް އުޅެނީ ޓީވީ އިޝްތިހާރެއްގެ ޝޫޓިންއަ...

25 Jan 2022 | 08:03

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އެކަނި އިއްޔެ ރާއްޖެއައުން ވީ އިންޑިއާ މީޑިއާ އަދި އާންމުންނަށް ބަލައިގެންނަން މާ ފަސޭހަވި ކަމަކަށް ނޫނެވެ.

ކެޓްރީނާ ރާއްޖެ އައިސް އުޅެނީ ޓީވީ އިޝްތިހާރެއްގެ ޝޫޓިންއަށެވެ. ކެޓްރީނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އުފާވެރި މަންޒިލްގައި ހުރި ކަމަށެވެ.

އެ ޕޯސްޓާއި އެކު ސޯޝަލް މީޑިއާ ދަނީ އުތުރި އަރަމުންނެވެ. ކެޓްރިނާ ރާއްޖޭގައި ކުރަނީ ކީއްތޯ އާއި ވިކީ ކޮބައިތޯ ނުބަލާ ގިނަ ބަޔަކު ވަނީ ވިކީ ކޮބައިތޯ އާއި ވިކީ ނުގޮވާ ކައިވެނީގެ ކުރީކޮޅު އަނެއްކާވެސް ރާއްޖެ ދިޔައީ ކީއްކުރަންތޯ ސުވާލުކޮށްފަ އެވެ. އަދި ރާއްޖެ އައިސް އުޅެނީ ވިކީ އާއި އެކުކަން ދައްކައި ދިނުމަށް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމު ކުރުމަށް އެދޭ ކަމަށެވެ.

ކެޓްރީނާ ރާއްޖެ އައީ ވިކީ އާއި ވަކިންކަން އެނގުނީ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ޕަޕަރާޒީން އާންމު ކުރުމުންނެވެ. އަދި އެންމެންނަންވެސް އެނގޭ ގޮތުގައި ވިކީ މިވަގުތު ހުރީ ފިލްމު ޝޫޓިންއެއްގައި އަންދަރްޕްރަދޭޝްގައި އެވެ.

މީހުންގެ ފާޑުކިޔުންތަކާއި ގުޅިގެން ކެޓްރީނާ އެއްޗެއް ނުބުނި ނަމަވެސް އިންޑިއާ މީޑިއާއިން ވަނީ އޭނާ ރާއްޖެ އައީ ކީއްކުރަންކަން އާންމުންނަށް ހާމަކޮށްދީފަ އެވެ. އެހެންވެ މިހާރު އެ އަޑުތައް ވަނީ މަޑުވެފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަރަށް ކުރުކޮށް ކުރިޔަށް ގެންދާ އިޝްތިހާރުގެ ޝޫޓިން ނިންމާލުމަށް ފަހު ކެޓްރީނާ ދެ ތިން ދުވަހު ރާއްޖޭގައި މަޑު ކުރާނެ އެވެ. އަދި އެނބުރި މުމްބާއީއަށް ގޮސް އެންމެ އަވަހަށް ފަށާނީ ފިލްމު "ޓައިގާ3" ގެ ޝޫޓިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް