ހިރިލަންދޫ ސްކޫލުގެ ތިންބުރީގެ އިމާރާތާއި މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސްރޫމްތައް އެޅުމަށް ބިޑަށް ހުޅުވާލައިފި

ތ. ހިރިލަންދޫ ސްކޫލުގެ ތިންބުރީގެ އިމާރާތާއި މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސްރޫމްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވ...

25 Jan 2022 | 07:13

ތ. ހިރިލަންދޫ ސްކޫލުގެ ތިންބުރީގެ އިމާރާތާއި މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސްރޫމްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހިރިލަންދޫ ސްކޫލުގެ 3 ބުރި އިމާރާތާއި މަލްޓިޕާޕަސް ހޯލް އަދި 8 ކުލާސްރޫމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފުރުސަތު ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ ޢިިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތުގެ ޤަވާއިދު ގައިވާ ގޮތުގެމަތިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މި ބީލަމުގައި ބައިވެރިވެވެނީ GC01  ގެ ގްރޭޑް01، GC01  ގެ ގްރޭޑް02، GC01  ގެ ގްރޭޑް 03 ގެ GC01   ގެ ގްރޭޑް 04 ގެ އަދި GC01  05 އަށް ޝަރުތުހަމަވާ ފަރާތްތައް ކަމުގައި ފިނޭންސްމިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުރިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމުގައެވެ.

އަދި ފީ ބަލައިގަތުން ކުރިއަށް ދާނީ 24 ޖަނަވަރީ އިން ފެށިގެން މި ފެށޭ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރިޕޭ މެދުވެރިކޮށެވެ.

މީގެ އިތުރުން، މި މަސައްކަތާއި ގުޅޭ އެންމެހާ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފޯމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބަސައިޓް www.finance.gov.mv  އިން މިއަދުން ފެށިގެން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.

އަދި މި ޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރަން ބޭނުންފުޅުވާނަމަ ތިނެއް ފެބްރުވަރީ ގެ 13:00 ގެ ކުރިން އެ މިނިސްޓްރީ އަށް މެއިލްކޮށްގެން ބޭނުންވާ މަޢުލޫމާތު ލިބޭނެ އިންތިޒާމް އެ މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް